5 ރަށެއްގައި 630 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.
ދަޢުލަތުގެ މާލީ ވުޒާރާއިން މިއަދާއި މިރޭ ވަކިވަކިން ކުރި އިއުލާން ތަކުގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 630 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން މިމަސައްކަތްތަކަށް ޝައުގުރިވެލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލަފައެވެ.
މާލީ ވުޒާރާއިން ހައުސިން ޔުނިޓް އެޅުމަށް ހުޅުވާލާފައިވަނީ ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. ހޮޅުދޫ، ގއ. ވިލިނގިލީ އަދި ލ. ގަމުގައެވެ. އެގޮތުން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ހުޅުވާލާފައިވާއިރު ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން މިލަންދޫގައި 50 ޔުނިޓާއި ވިލިނގިލީގައި 50 ޔުނިޓް އަދި ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ.
ހައުސިންގ ޔުނިޓް އެޅުމަށް ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ 3 ވަނަ ދުވަހު ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު