ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިިިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ވެބްކޮންފަރެންސް މެދުވެރިކޮށް
ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިިިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ވެބްކޮންފަރެންސް މެދުވެރިކޮށް
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް މަޖިލީހުގެ މެންބަރުންނަށް ފުލުހުން ހުއްދަދޫކުރަމުން އެބަގެންދެއެވެ.

މާދަމާ މަޖިލީހުގެ އިދާރާގައި ބާއްވާ ޖަލްސާއަށް ދިޔުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭ މެންބަރުންނަށް ފުލުހުން އެ ހުއްދަ މިހާރު ދޫކުރަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް ސަރުކާރުގެ ފަރާތުން ހުރަހެއް ނާޅާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ފުލުސް އޮފީހުގައި އެދުމުން ފުލުހުން ދޫކުރި ހުއްދަ ސޯޝަލް މީޑިއާގައި ބައެއް މެންބަރުން މިހާރު ވަނީ އާންމު ކުރައްވާފައެވެ.

މާދަމާ ހެނދުނު 11:00ގައި މަޖިލީހުގެ އިދާރާގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި އޮތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ މެދު ބަހުސްކުރުމެވެ. އެޗްޕީއޭގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށާއި، އެކަން އެގޮތަށް ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް މިހާރު ވަނީ އަންގަވާފައެވެ. ނިއު ނޯމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް މިހާރު މަޖިލީހުން ވަނީ އާއްމުކޮށްފައެވެ. މާދަމާ މަޖިލިސް ޖަލްސާ ބާއްވާނީ ޚާއްސަ ސިއްހީ ފިޔަވަޅުތަކާއެކު ކަމަށް މަޖިލީހުގެ އިދާރަ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން