ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު (މ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު (މ)
އެމްޑީޕީ އެންމެ ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަންކަން ނިންމަން ކަމަށާއި, ޤާނޫނުއަސާސީގައި އޮތީ އެގޮތަށް ކަމަށް އެމްޑީޕީގެ ލީޑަރޝިޕްގައި އެތައް އަހަރަކު މަސައްކަތް ކުރެއްވި މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ފާޑުވިދާޅުވެ ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަންކަން ނިންމަން ކަމަށެވެ. އެއީ ހުރިހާ ރައްޔިތުން ބައވެރިވެގެން އުފައްދާ ވެރިކަމެއް އޮތުމުގެ ވިސަނުންކަމަށް މޫސަ ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީގައިވެސް ލިވެފައިވަނީ އެގޮތަށް ކަމަށް މޫސަ ވިދާޅުވިއެވެ.

"ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ކޮށްގެންވާނެ ކަމެއްނޫން." މޫސަ ވިދާޅުވިއެވެ.



އިސްކަންދަރު ސްކޫލުގައި ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ރައީސް ނަޝީދުވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅަން އެމަނިކުފާނަށް ފެނިލައްވާ އިސްލާޙުތައް ކަމަށް ވިދާޅުވެ ގިނަ ކަންތައްތަކެއް ފާހަގަކުރަށްވާފައެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިލައްވާ ކަމަށްވެސް ރައީސް ނަޝީދު ހުށައެޅުއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ހުށައެޅުއްވުމުގެ ބޭނުމަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން