ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ ޤާއިމްކުރުމުގެ މަޝްރޫޢުގެ ފުރަތަމަ މަސައްކަތްތައް ބައިސަން މޯލްޑިވްސް އަށް ޙަވާލުކޮށްފިއެވެ.
2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށްފަހު މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ކުރިންވެސް މި މަސައްކަތް ކުރުމަށް ސަރުކާރާއެކު އެއްބަސްވި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި އެކުގައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިމަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ބައިސަން އިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ގެތައް ނިމޭނީ މިއަހަރުގެ ރޯދައިގެ ފަހުން ކަމަށެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު މިރަށުގައި އަޅާނެއެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތު ދެއްވައެވެ.
އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައްވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު