މަންމަނަކަށްވެގެން އަބަދު ނުހުރެވޭނެ ކަމަށް ވިދާޅުވެ މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރާއީގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.
ސަރުކާރުން އެކިފަރާތްތަކަށް އެވޯޑްކޮށްފައިވާ މަޝްރޫޢުތައް ކުރިއަށްދާ ސްޕީޑާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ގޮނޑިއަކީ އެދާއިރާގެ ރައްޔިތުން އެމްޑީޕީއަށް ދީފައިވާ ގޮނޑިއެއް ކަމަށެވެ. ނަމަވެސް އެދާއިރާގައި ހިންގުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢުތައް އެންމެ އެދެވޭ ސްޕީޑްގައި ކުރިއަށް ނުދާކަމަށާއި އެކަމަކީ މަކުނުދޫ ދާއިރާގެ ރައްޔިތުން މާޔޫސްވާ ކަމެއްކަމަށް ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ ބައެއް ދާއިރާތަކުގެ ޕްރޮޖެކްޓްތައް ކުރިއަށްދަނީ ފިނިހަކަ ސްޕީޑްގައި ކަމަށެވެ. އެގޮތުން ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ފަހަނައަޅާގޮސް، ގިނަ މަސައްކަތްތައް ވަނީ ހުއްޓިފައިކަމަށް ރާއީ ވިދާޅުވިއެވެ.
"މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ." ރާއީގެ އުދާސްތައް ބަންޑުންކޮށްލެއްވިއެވެ.
ރާއީ މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށްނުދާކަމަށް ރަށްރަށުގެ ކައުންސިލްތަކުންވެސް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު