ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާހުގެ ބިލުގެ ބަހުސް މަރުހަލާ މިއަދު ވަނީ ފަށާފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ.
އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެމްބަރުން ނޫން ބައެއް ނެތް ކަމަށެވެ.
"ޖޭއެސްސީ އަކީ ގާނޫނުއަސާސީން އުފައްދާފައިވާ ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވާއިރު އެ ތަނެއްގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް. އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން ބޭނުންތެރި،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ބަންޑާރަނައިބު އިންނެވުން ބޭނުންތެރި ކަމަށެވެ. އެހެންނަަމަވެސް ބަންޑާރަނައިބާ އެކު ރައީސްގެ ދެ މެމްބަރުންނަށް ވުރެ އިތުރު މެމްބަރެއް ޖޭއެސްސީގައި އިނުމުގެ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޖޭއެސްސީން ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މަދުކުރުމަށް ފަހު އެ ކޮމިޝަންގައި އިތުރަށް ތިބެން ޖެހޭ މެމްބަރުން ކަނޑައެޅުމަށްފަހު ޖޭއެސްސީ އަލުން އެކުލަވާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސް ތަކެއް ވަނީ ހިނގާފައެވެ. ހާއްސަކޮށް މެންބަރު ތޯރިގުގެ ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެބިލަށް ތާއިދުނުކުރާކަން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު