ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް ހުށައަޅާފައިވާ ބިލުން އެއްވެސް އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށައެޅުއްވި އިސްލާހުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ. އެ ބަހުސްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން މެމްބަރު ތޯރިގް ހުށައެޅުއްވި އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ޖޭއެސްސީގައި ނުހިމެނުނަސް މަޖިލީހުގެ ރައީސް ބޭނުންފުޅުވާނަމަ ޖޭއެސްސީއަށް ނުފޫޒު ފޯރުއްވެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަޖިލިސް މެމްބަރަކު ވެސްް ޖޭއެސްސީގައި އިނުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ބަޔަކު އެތަނަށްލިޔަސް މި މަޖިލީހުގެ މެމްބަރުންގެ ވިސްނުމާއި ފިކުރު ހުރެގެން އެތަންތަނުގައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަދިން ދުވަހަކުން ނޫނީ އެކަމެއް ނުހިނގާނެ" ޝަރީފް ވިދާޅުވި އެވެ.
ތޯރިގް ހުށައެޅުއްވި މިބިލާ ދެކޮޅަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މާހައުލެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ވަކި މުއައްސަސާތަކަށް އަމާޒުކޮށް ކުދި ކުދި ބަދަލުތައް ނުވަތަ މާއްދާތައް ގެނައުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަަލީމް ވިދާޅުވީ ޖޭއެސްސީއަށް އިސްލާހެއް ގެންނަން ޖެހޭނަމަ ސަރުކާރުގެ ފަރާތުން އެފަދަ އިސްލާހެއް ހުށަހަޅުއްވާނެ ކަމަށެވެ. އެފަދަ އިސްލާހެއް ސަރުކާރުގެ ފަރާތުން ހުށަހަޅާނަމަ ހުށަހަޅާނީވެސް ގިނަ ބަޔަކާ މަޝްވަރާކޮށް މިހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި މާ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ތޯރިގު މީގެކުރިން އެ ބިލް ހުށަހެޅުއްވުމުން މަޖިލީހުން މީގެ ކުރިން ވަނީ ބިލް ބޭރުކޮށްލާފަ އެވެ. ޖޭއެސްސީ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.

ކިޔުންތެރިންގެ ހިޔާލު