ރޭ ފެނުނު ގޮތް ނޭނގޭ އަލިގުޅަ
ރޭ ފެނުނު ގޮތް ނޭނގޭ އަލިގުޅަ
ރާއްޖެއިން ރޭ ފެނުނު ގޮތް ނޭނގޭ އަލިގުޅައަކީ އިންޑިއާއިން ސެޓެލައިޓެއް ލޯންޗުކުރަން ޖައްވަށް ފޮނުވި ރޮކެޓެއްގެ އަލި ކަމަށް އޭވިއޭޓާސް މޯލްޑިވްސުން ހާމަކޮށްފިއެވެ.

ރޭ ފަތިހު 5:35 ހާއިރު ސިނަމާލެ ބްރިޖް ސަރަޙައްދުން ދަތުރުކުރި މީހުންނަށް އެދިމާ މަތިން އެ އަލިގުޅަ ފެންނަ ވީޑީއޯ އެެއް މީސްމީޑިއާގައިވަނީ އާންމުވެފައެވެ. އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ ފަތިހު ފެނުނު އަލިގުޅައަކީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ދުނިޔެ ބެލުމަށް ފޮނުވި އީއޯއެސް-4 ސެޓެލައިޓްގެ ވެހިކަލް ޕީއެސްއެލްވީ- ސީއެފް2 ގެ އަލި ކަމަށެވެ.

މި އަލިގުޅަ އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ވެސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އިން މިއަދު ރޮކެޓެއް ޖައްވަށް ދޫކޮށްލި ކަމަށާއި އެއީ އިސްރޯގެ މިއަހަރުގެ ފުރަތަމަ މިޝަން ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

މުންޖިޗޭ

16-Feb-2022

އަޑިނޭނގޭ އެއްބަސްވުން ތަކުގެ އަނދިރި ފަރާތުން ކޮންމެވެސް މިންވަރެއް ފެނިއްޖެކަމުގައި ހީކުރަން.



ޓްރެންޑިން