އަޅުގަނޑުމެންގެ ތެރެއަށް އެ މޫނު އެންމެ ފުރަތަމަ ފެންނަން ފެށީ ޓީވީ މޯލްޑިވްސްގެ ރަން ޒަމާނުގައި ކޮންމެ އަންގާރަދުވަހެއްގެ މެންދުރުފަހު ގެނެސްދޭ އިނގިރޭސި ލަވަތަކަށް ރިކުއެސްޓްކުރާ "ސިއެސްޓާ" ޕްރޮގްރާމުންނެވެ. އޭނާގެ އެ ސްޓައިލާއި ވާހަކަދެއްކުމުގެ ރާގުގަނޑު ޒުވާނުންނަށް ވަރަށް ކަމުދިޔައެވެ.
އަހަރުތަކެއް ފަހެވެ، ހަމަ އެ މޫނެވެ. ނަމަވެސް މިފަހަރު އުޅެނީ ހިޕްހޮޕް ނޫނީ އާރުއެންބީ ލަވަތައް ގެނެސްދޭކަށެެއް ނޫނެވެ. އެއަށްވުރެ މާ ބުރަ ބޮޑު، ޒިންމާދާރު މަސައްކަތެއްގައެވެ. އާދެ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީން ކުރި ބުރަ މަސައްކަތުގައެވެ. އެމަސައްކަތް ކާމިޔާބުކޮށް، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްފަހު ދެން އޭނާ ވަދެވަޑައިގަތީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ވަދެވަޑައިގެންނެވި ގޮތަށް ޖެހިޖެހިގެން 3 ދައުރު އެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފިއެވެ. މަޖިލީހުގައި މިހާރު 13 އަހަރުވީއެވެ.
އާދެ، މިއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ދެ ގޮތެއް ނުވެ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އަލްއުސްތާޛް އިމްތިޔާޒް ފަހުމީގެ ކުރު ތައާރަފެކެވެ.
އެމްޑީޕީގައި އެންމެ ގިނަދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިނަމަވެސް އިންތިއަކީ ޕާޓީގެ ބޮޑު މަގާމަކަށް މިހާތަނަށް ވާދަކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަން އިންތި ވަނީ ނިންމަވާފައެވެ. އަދި އިންތި ވަނީ ބޮޑު އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ސަބަބާއި ޕާޓީއާމެދު ގެންގުޅުއްވާ ތަސައްވުރު "ރަސް" އޮންލައިންއާ ހިއްސާކުރައްވާފައެެވެ.
އައު ޤާނޫނު އަސާސީގެ ދަށުން އެކުލަވާލަން ފެށި ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދައުރަކު އިންތިހާބުވަމުންދާ މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމްތިޔާޒް ފަހުމީ "ރަސް" އޮންލައިންއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރަން ނިންމެވީ އެމްޑީޕީއާމެދު ދެކެމުންދާ އުއްމީދުތައް ގެއްލިގެން ނުދިއުމަށާއި ޕާޓީއާ ފެޔަށް ޖެހިފައިވާ އާއްމު މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ޕާޓީއާ މެދު އަލުން އިތުބާރާއި ޔަގީންކަން ހޯދައިދިނުމަށްކަމަށެވެ.
އިންތި ވިދާޅުވީ އެމްޑީޕީ، އެމްޑީޕީއަކަށް ވަނީ ޕާޓީ އުފެދުނުއިރުއްސުރެ ގެންގުޅުނު ވަކި އުސޫލުތަކެއް ހިފަހައްޓާ ޕާޓީއަކަށްވުމުންކަމަށެވެ. އެހެންކަމުން ޗެއަރޕާސަންކަމުގެ މަޤާމަށް އިންތިހާބުވެ ވަޑައިގެންފިނަމަ އެމްޑީޕީން ދަމަހައްޓަމުން އައި އުސޫލުތަކަށް ރައްކާތެރިކަން ހޯދައިދިނުމަށާއި ސިޔާސަތުތައް އެކަށައެޅުމުގައި ޕާޓީގެ ޤައުމީ މަޖިލީހާއި އެކި ގުނަންތަކުގެ މަޝްވަރާ ފުޅާ މިނެއްގައި ހޯދުމަށް މަގުފަހިކޮށްދީ ހަރުދަނާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި ރަނގަޅު ބަދަލެއް ގެންނަވާނޭކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޗެއަރޕާސަންގެ އިންތިހާބަށް ނިކުންނެވީ ޕާޓީގެ އާއްމު މެމްބަރުންނާއެކު ޒަމާންތަކެއް ވަންދެން އުޅުއްވުމަށްފަހު ޕާޓީއާމެދު އާއްމު މެމްބަރުން ދެކޭގޮތް ވަރަށް ބޮޑަށް ސާފުވެގެންކަމަށެވެ. އަދި ޕާޓީގެ އާއްމު މެމްބަރުންގެ އުއްމީދެއް އޮތްކަމާއި އެ އުއްމީދު އަލުން ގެނެސްދީ ޕާޓީ އެކަތިކަނޑަކަށްހަދައި ވަރުގަދަކުރުމަށްކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް އިންތި ވާދަކުރައްވަން ނިންމަވާފައިވާއިރު އޭނާއަށް އެންމެ ބޮޑު ފަސޭހައަކީ ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި އޭނާއަށް އޮތް އިތުބާރެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ނުވަތަ އިންތި ތަމްސީލްކުރައްވާ ދާއިރާގެ މެމްބަރުންގެ އިތުބާރު ގެއްލޭފަދަ ކަމެއް ދުވަހަކުވެސް އޭނާގެ ފަރާތުން ފެނިފައެއްނުވެއެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ ބޮޑު އަޤްލަބިއްޔަތަކުން މަޖިލިސް އިންތިހާބު ކާމިޔާބުކުރައްވަމުން ގެންދިއުމުންނެވެ. ބައެއް ބޭފުޅުންގެ ފަރާތުން ޕާޓީ ބަދަލުކުރާ މަންޒަރު ފެނުނަސް، އިންތިގެ ފަރާތުން އެފަދަ މަންޒަރެއް ފެނިފައި ނެތުމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބު އޭނާއަށް ކާމިޔާބުކުރަން ފަސޭހަވާ ސަބަބުތަކަކެވެ.
ކޮންމެއަކަސް އަންނަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ފޯރިގަދަވާނޭކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ހާމަވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައިވެސް ތާއީދު ބޮޑީ ކޮން ބޭފުޅަކަށްކަން ވަރަށް ރަނގަަޅަށް ހާމަވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް އިންތިގެ އިތުރުން، ދެން ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލްއެެވެ.

ކިޔުންތެރިންގެ ހިޔާލު