ރައްޔިތުންގެ މަޖިިިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިިިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއެއް ގުޅިގެން ބަލަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން އެގޮތަަށް ނިއްމާފައިވަނީ ރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައެވެ. ރޭގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެ މައްސަލަތައް ލަސްވެފައި ހުރިކަން އެ ކޮމިޓީގައި ބައެއް މެމްބަރުން ފާހަގަކުރައްވައި ތަހުގީގު ގޮސްފައިވާ ހިސާބުގެ ތަހުގީގީ މައުލޫމާތު އޮޅުންފިލުވަން މެމްބަރުން ހުށައެޅުއްވިއެވެ.

ދެ ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު، ކޮމެޓީން ނިއްމައިފައިވަނީ މައްސަލަތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ފުލުހުންނާއި ކޮމިޝަންތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން ކޯޓުތަކުގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް ހުށައެޅުމަށެވެ. ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް އެ މައްސަލަ ބަލާތީ، ދެ ކޮމިޓީ ގުޅިގެން، ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައި އެ ކަން ކުރިއަށް ގެންދަން ރޭގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ. އެހެންކަމުން ދެ ކޮމިޓީގެ މުގައްރިރުން މަޝްވަރާ ކުރެއްވުމަށް ފަހު، ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީން ވަނީ ނިއްމާފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މައްސަލައިގެ މައުލޫމާތު ކޮމެޓީން ހޯދަންވާނީ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް ކަމަށް ދެކެވަަޑައިގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ސާފުކުރަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން