މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އަންނަ ޖޫންމަހުގެ ދެވަނަ ދުވަހަށް ހަމަވާއިރު، ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ބޭއްވެން ނެތުމުން ސަރުކާރުން ވަނީ މިހާރު ތިބި ކައުންސިލަރުންނަށް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މަގާމުގައި ދެމި ތިބެވޭނެ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ޚާއްޞަ ގާނޫނެއް މި ބޭނުމަށް ފާސްކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިހާރު ވަނީ ދިރާސާ ކުރަން ފަށާފަައެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ސަރުކާރުން ދެކެނީ އެ ދެ އިސްލާހު ވެސް އަންނަން ޖެހެނީ އެކީއެކައްޗަށް ކަމަށެވެ. ނަމަވެސް އެކަމުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ބައެއް އިންތިޚާބުތައް ބާއްވަން ޖެހޭ މުއްދަތަށް ވުރެ ފަސް ވެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެގޮތުން 2008ގެ މަޖިލީހުގެ އިންތިޚާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭ ތާރީހު ތަކުގައި ކުރިއަށް ނުގެންދެވުމުން އޭރު ވެސް އެކަން ފޫބެއްދީ އެއިރު އިންތިޚާބު ވެފައި ތިބި މީހުންގެ ދައުރު ދިގުކޮށްގެންކަން ނިޔާޒް ފާހަގަކުރެއްވިއެވެ. ކޯވިޑް-19 އިން އަރައިގަތުމަށް ކައުންސިލްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ މީހުން މަގާމުތަކުގައި ބެއިތިއްބުން މުހިންމު ކަމަށް ވެސް ނިޔާޒް ވިދާޅުވެފައިވެއެވެ.
ނިޔާޒްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ގާނޫނުއަސާސީ އަށް ގެންނަން ހުށައަޅާފައިވާ އިސްލާހަށް ތާއިދުކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ފަހު މަރުހަލާގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެހެން ގޮތަކުން ހައްލެއް ނުލިބިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނުވާނެ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. މެމްބަރުންގެ މެދުގައިޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި މަޖިލީހުގައި ކުރި މަޝްވަރާތަކާއި ބަހުސްތަކުން ހައްލެއް ނުހޯދުނު ކަން ފާހަގަކުރައްވައި އެ ހިޔާލު ތަފާތުވުންތަކަށް އިސްލާހު ގެނެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ހިސާން ވިދާޅުވިއެވެ.
މިހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެތޯ ސުވާލު އުފައްދަވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް، މައްސަލަ ހައްލު ކުރެވެން އޮތް ނަމަ އެކަން ކުރަން ޖެހޭނީ އެ ގޮތަށް ކަމަށެވެ. ރައްޔިތުން ކައުންސިލަރުން އިންތިޚާބު ކުރީ ތިން އަހަރަށް ކަމަށް ވާއިރު، ގާނޫނުއަސާސީ އަށް ބަދަލު ގެނެސް އެ މުއްދަތު އިތުރުކުރާ ނަމަ އޭގެ ފެށުން އޮޅުވައިލެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ އަށް ހައްލު ހޯދަން ޖެހޭނީ ސަންސެޓް ގާނޫނަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ސަލީމް ވިދާޅުވިއެވެ.
ސަންސެޓް ގާނޫނެއް ހަދައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކައުންސިލްތަކުގައި ތިބޭނެ މީހުން ކަނޑައެޅުމުގެ ބާރު ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދިނުމަށް ސަލީމް ހުށައެޅުއްވިއެވެ. އެގޮތުން، ވަގުތީ ކައުންސިލަރުން ނަގާއިރު، މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލަތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންނަށް އިސްކަން ދިނުން މުހިންމު ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ވަނީ ސަންސެޓް ގާނޫނެއް ވުޖޫދަށް ގެނެސް ގާނޫނީ ހުސްކަމުގެ މައްސަލަ ހައްލުކުރެވެން އޮށްވައި ގާނޫނު އަސާސީ އިސްލާހުކުރަން އުޅެނީ ކީއްކުރަންތޯ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު