އިނގިރޭސިވިލާތުގެ ހައިކޮމިޝަން އޮފީހެއް ރާއްޖޭގައި ހުޅުވައިފިއެވެ.
ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު މިއަދު ވިދާޅުވީ ޔޫކޭއިން ރާއްޖޭގައި މި ހުޅުވި ހައި ކޮމިޝަން އޮފީހަކީ ޔޫރަޕްގެ ޤައުމަކުން ރާއްޖޭގައި ހުޅުވި ފުރަތަމަ ހައިކޮމިޝަން އޮފީސް ކަމަށެވެ. އަދި މިއީ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން މުސްތަޤުބަލުގައި އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ޤަބޫލުކުރި ޤައުމުކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ޑިމޮކްރެސީއާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް އިނގިރޭސި ވިލާތުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝާހިދުވަނީ އެޤައުމަށް ޝުކުރު އަދާކުރަށްވާފައެވެ.
އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ އޮފީސް ހުޅުވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު އާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޯސްލާވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި ލަންކާ، އިންޑިޔާ، ބަންގުލަދޭޝް، ޕާކިސްތާނު އަދި ޔޫކޭގެ ހައިކޮމިޝަން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ޖަޕާން، ޔޫއޭއީ، ޗައިނާ އަދި ސައޫދީ އަރަބިއްޔާގެ އެމްބަސީވެސް ރާއްޖޭގައި ހުރެއެެވެ.
އިނގިރޭސިވިލާތުގެ ހައި ކޮމިޝަން އޮފީހަކީ ރާއްޖޭގައި ޔޫރަޕްގެ ގައުމަކުން މިހާތަނަށް ހުޅުވި އެންމެ ފުރަތަމަ ހައިކޮމިޝަން އޮފީހެވެ.

The UK becomes the 1st European country to officially open a diplomatic mission in #Maldives. This reflects our mutual desire to further strengthen the 🇲🇻-🇬🇧relationship
— Abdulla Shahid (@abdulla_shahid) February 16, 2022
Thankyou my friend Lord @tariqahmadbt of Wimbledon for making this event even more special with your presence pic.twitter.com/BElTTNKT8L
އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ އޮފީސް ހުޅުވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު އާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޯސްލާވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި ލަންކާ، އިންޑިޔާ، ބަންގުލަދޭޝް، ޕާކިސްތާނު އަދި ޔޫކޭގެ ހައިކޮމިޝަން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ޖަޕާން، ޔޫއޭއީ، ޗައިނާ އަދި ސައޫދީ އަރަބިއްޔާގެ އެމްބަސީވެސް ރާއްޖޭގައި ހުރެއެެވެ.
އިނގިރޭސިވިލާތުގެ ހައި ކޮމިޝަން އޮފީހަކީ ރާއްޖޭގައި ޔޫރަޕްގެ ގައުމަކުން މިހާތަނަށް ހުޅުވި އެންމެ ފުރަތަމަ ހައިކޮމިޝަން އޮފީހެވެ.

AUS
MAR
HAI
ކިޔުންތެރިންގެ ހިޔާލު