ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ދިނުމަށް ޔޫތު މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ޔޫތް މިނިސްޓްރީ އިން ބުނީ ކުޅިވަރުތަށް ކުޅުމުގެ ހުއްދަ ލިބޭނީ މޮނިޓަރިން ހާލަތު އުވާލިތާ 14 ދުވަސްވެފައިވާ ރަށްތަކަށް އެކަނި ކަމަށެވެ.
ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔެ އާއި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ އިރު، އެ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތު ނިމިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް މިނިސްޓްރީގައި އެދެމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގައި މިނިސްޓްރީން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި އެޗްޕީއޭގެ ލަފާ ހޯދި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޔޫތް މިނިސްޓްރީގެ ބަޔާނުގައި ބުނީ ޓެގާއި އެޗްޕީއޭ އިން ލަފާ ދީފައި ވަނީ ރަށު ކައުންސިލްތަކުން އެ ރަށެއްގައި ކުޅިވަރު ކުޅުން މަނާ ކުރި އުސޫލުގެ ދަށުން ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތުން ނެގިތާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާ މެދުގައި އިއުތިރާޒެއް ނެތް ކަމަށެވެ.
ޢެހެންނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމާއި ގައިދުރުކަމަށް އިސްކަން ދޭން ހިތްވަރުދޭ ކަމަށް ޓެގާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
"މޮނިޓަރިން ހާލަތުން ނެގިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެއްވި ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދު ކުރަންޖެހިދާނެ ކަން ކަމާބެހޭ އެޖެންސީތަކުން ފާހަގަކުރައްވައެވެ." ޔޫތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު