ލ. ގަމުގައި ގެއަކަށް ވަދެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުގައި، މަސްތުގެ ހާލަތުގައި ހުރި މީހަކު ގެއަކަށް ވަދެ 20 އަހަރުގެ އަންހެނަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މި މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު