އެމްޑީީޕީީ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބުގައި ރައީސް ނަޝީދު ވޯޓުލައްވަނީ
އެމްޑީީޕީީ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބުގައި ރައީސް ނަޝީދު ވޯޓުލައްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީީޕީީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާން ފަށައިފިއެވެ.

ޖުމުލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި މިހާތަނަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުالله ވެސް ވަނީ ވޯޓު ލައްވާފައެވެ.

މި އިންތިޚާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގެންދަވަނީ ވާދަކުރަށްވަމުންނެވެ. އޭގެ އިތުރުން ޕީޖީ ލީޑަރުގެ ދެ ނައިބުންގެ މަޤާމަށް މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާދަ ކުރަށްވައެވެ.



އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ހަމައެއާއެކު ސެކްރެޓަރީ ޖެނެރަލްގެ ނައިބާއި ޗީފް ވިޕުގެ އިތުރުން 6 ވިޕުން ވެސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން