އައްޑޫ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
އައްޑޫ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
އެމްޑީީޕީީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމަށް އައްޑޫ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހޮވިވަޑައިގެންފިއެވެ.

ޖުމުލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވާދަކުރެއްވީ މިހާރުވެސް އެ މަޤާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަސްލަމަށް 40 ވޯޓު ލިބިވަޑައިގެންނެވިއިރު އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

އޭގެ އިތުރުން ޕީޖީ ލީޑަރުގެ ނައިބުގެ މަޤާމަށް 49 ވޯޓުން ހޮވިވަޑައިގަތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޕީޖީ ލީޑަރުގެ ނައިބުގެ މަޤާމަށް ދެބޭފުޅުން އިންތިޚާބު ކުރަން ޖެހޭއިރު މިހާރު ވެސް އެ މަގާމުގައި ތިއްބެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓު ވަނީ 34 ވޯޓުން އެއްވަރު ވެފައެވެ. އެހެންކަމުން އެ އިންތިޚާބުގެ ވޯޓުގެ އިތުރުބުރެއް ކުރިއަށް ގެންދާނެއެވެ.



އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހޮވިވަޑައިގެންނެވިއިރު ސެކްރެޓަރީ ޖެނެރަލްގެ ނައިބަކަށް 35 ވޯޓުން ހޮވިވަޑައިގަތީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ. ޗީފް ވިޕުގެ މަޤާމަށް 34 ވޯޓުން ޢަބްދުލް މުޣުނީ އިންތިޚާބުވެ ވަޑައިގެންފައިވާއިރު ޕީޖީ ގްރޫޕަށް 5 ވިޕުން ވެސް ވަނީ އިންތިހާބު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން