ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލަން ތާއީދު ކުރަން އިދިކޮޅު ކޯލިޝަނުން ނިންމާފައި ނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު ޕެރެލައިޒްވެފައިވާތީ ސަރުކާރު މިވަގުތު އޮތީ ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ. މަޖަޒީ ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ ޕެރެލައިޒްވެފައި ހުރި ގުނަވަންތަކަށް ފަރުވާ ކުރަންދާ ހަރަދަށްވުރެ ވެންޓިލޭޓަރު ރިޕެއާ ކުރަންދާ ހަރަދު މާ ބޮޑު ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާކަން ދޮގު ކުރައްވައި އަދުރޭ ވިދާޅުވީ އިދިކޮޅުގެ މަސައްކަތަކީ ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން އެ މަނިކުފާނު ވެރިކަމަށް ގެނައުން ކަމަށެވެ.
ބަރުލަމާނީ ނިޒާމަށް އިދިކޮޅުން ތާއީދު ކުރަން ނިންމި ކަމުގެ އަޑުތައް ފެތުރެން ފެށީ އިދިކޮޅު ކޯލިޝަންގެ މަޑުއްވަރީ ދާއިރާގެ މެންބަރު ރޭގައި ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. ސަރުކާރު މިހާރު އޮތީ ބައިބައިވެފައި ކަމަށް ވިދާޅުވެ ދެން އޮތް ގޮތަކީ މިޑް ޓާމް އިލެކްޝަނެއް ބޭއްވުން ނޫނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް އާދަމް ޝަރީފު އުމަރު ވިދާޅުވުމުން ބައެއް ފަރާތްތަކުން ސިފަކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން މިހާރު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަން ނިންމައިފި ކަމަށެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރައްވާ އަދި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރެއްވި ޓްވީޓްތަކެއް ރީޓްވީޓް ކުރައްވާފައެވެ. ސަރުކާރު ބައިބައި ވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ ތަކުގެ އަޑު ގަދަވެފައި ވަނީ މިފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ހިނގާފައިވާ ބައެއް ބަހުސްތަކާއި ރައީސް ނަޝީދުގެ ރީޓްވީޓާއި އަދި ރާއީސް ޔާމީން ޖަލުން ދޫކޮށްލަން ތާއީދު ކުރައްވާކަން ދޭހަވާ ގޮތަކަށް އާންމު ކުރެއްވި މެސެއްޖެއްގެ ސަބަބުން ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު