ކުޅުދުއްފުށި
ކުޅުދުއްފުށި
ހދ.ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 5 އަހަރު ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތުއްތު ކުއްޖާ މިއަދު ގެންދިޔައީ ހަރަކާތްތައް ހުއްޓުމުންކަމަށެވެ. އެ ކުއްޖާ މަރުވި ސަބަބު ހޯދުމަށް ކުޅުދުއްފުށި ހޮސްޕިޓަލުން މަސައްކަތް ފަށާފައިވާ ކަމަށް އެނގިފައިވެއެވެ. ޢެޗްޕީއޭ އިން އެ ކުއްޖާ ކޮވިޑަށް ޓެސްޓު ކުރާނެކަމެެއް ނުވަތަ ނޫންކަމެެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް 19 ގެ ބިރުވެރިކަން އޮތުމުގެ ސަބަބުން ދާދިފަހުން ކުޅުދުއްފުށި ސިޓީ ލޮކްޑައުން ހާލަތަށް ވެސް ގެނެސްފައިވެއެވެ. އެހެން ނަމަވެސް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކޮންމެވެސް މިންވަރަކަށް މިހާރު އެ ސިޓީ އަށް އެޗްޕީއޭ އިން ވަނީ ލުއިތަކެއް ދީފައެވެ. ތުއްތު ކުއްޖާ މަރުވި ސަބަބެއް ނޭގޭތީ ކުޅުދުއްފުށީ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ރައްޔިތުން

28-May-2020

الله سبحانه وتعالى. މަރުހިއްޕަވަންވީމާލިހެއްފިހެއްއުމުރެއް ނޯންނާނެއެވެ ދީނީމީހުންތިކަހަލަވާހަކަ ދައްކީކިއްނުވާނެ ސްލޯއެއްނޫނެއްނު މަރުހިއްޕަވަންވީމާލިހެއްފިހެއްއުމުރެއް.


13

ދދދދދ

27-May-2020

ސުލޮލޭ ޭ ޭ ޭ ކިތައް ތުއްތު ކުދިން މިއަހަރު އެކަނިވެސް ކަލޭ ތި މަރާލީ!



ޓްރެންޑިން