ދިއްދޫ
ދިއްދޫ
އެރަށެއްގެ ބިމުގެ އެންމެ ކުޑަކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުން ކަމަށް ކަނޑައަޅައި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު އިސްލާޙު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕެލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އިން ގެޒެޓުކޮށްފައިވާ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު" ގެ 4 ވަނަ އިޞްލާޙުގައި ބުނެފައިވަނީ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ނުވަތަ އެ ސިޓީގެ ކައުންސިލުން ކަމަށެވެ. އެގޮތަށް ބިމުގެ ކުލި ކަނޑައަޅާއިރު އެ ރަށެއްގެ ތަނަވަސްކަމަށާއި، އިޤުތިޞާދީ ފުދުންތެރިކަމަށް އަދި ބިމުގެ ޑިމާންޑަށް ބަލަންވާނެ ކަމަށް ޤަވާއިދުގައި ވެއެވެ.

ކައުންސިލުތަކުން ބިމުގެ އަގު ކަނޑައަޅާއިރު ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތްކުރަން ވާނެ ކަމަށާއި މި އަގުތައް ދެ އަހަރަކުން އެއް އަހަރު މުރާޖައާ ކުރަން ޖެހޭކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދުގެ ދަށުން ބިމުގެ އެންމެ ކުޑަކުލި ކަނޑައެޅުމުގެ ބާރު ދީފައިވަނީ މާލެ އާއި ރަށްރަށުގެ ބަންޑާރަ ގޯތި ފިޔަވައި، އެހެނިހެން މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކަށެވެ.

އޭގެ އިތުރުން ޤަވާއިދުގައިވަނީ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ތަފާތު ކުރުމުގެ އިޚުތިޔާރު ވެސް ކައުންސިލްތަކަށް ދީފައެވެ. ބިމުގެ އަގު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދިން ނަމަވެސް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތައް މި ޤަވާއިދުގައި ވަނީ އިސްތިސްނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

ފަގީރުން

21-Feb-2022

ސާބަހޭ މިގައުމުގެ ފަގީރުން ބޭކާރުބަޔަކައްތިހަދަނީ ދެންތަނެއްކުއްހިފޭނީ ވެސް ކުއްޔައްގެވޭނީސް މަހުޖަނުންނައްއެކަނި ތީއަސްލު ރައްޔިތުންނައް ޓަކައި ވެރިކަންކުރުމަކީ މިގައުމުގެ ބުރުމަލާ ކާނަލާ ހުސްއެފެންވަރުމީހުން ތިބެންޖެހެނީ ދެންތިބޭނީބޭކާރުންކަމައް ތިނިންމަނީ މީގައުމެއްތަ ނޫނީ މީހެއްގެ ބަދިގެއެއްތަ މުޅިން އޮޅިއްޖެ



ޓްރެންޑިން