ހޯރަފުށި
ހޯރަފުށި
ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޮޑު ހިލައިގެ އިތުރު ޝިޕްމަންޓެއް އެ ރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސް ވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

30 ޖޫން 2021 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މިމަސައްކަތަކީ 360 ދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ އަގަކީ 90.5 މިލިއަން ރުފިޔާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން