ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިމަކަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހު 8 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ބިިދޭސީ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން