ރާއްޖެއިން އިތުރު 43 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1438 އަށް އަރައިފިއެވެ.
ޢެޗްޕީއޭ އިން ބުނީ އޭގެ ތެރެއިން 17 މީހަކު ޕޮޒިޓިވްވީ އިއްޔެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާބެހޭ މައުލޫމާ ދެއްވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖެއިން މުޅި ޖުމްލަ ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1،438 އަށް އަރާފައިވާ ކަމަށެވެ.
ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 400އަށްވުރެ ގިނަ ދިވެހިން ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 800އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ބަލި ޖެހިފައިވާ ބިދޭސީއަކު ރޭ ވަނީ މަރުވެފައެވެ. މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މި ބިދޭސީމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އޭނާ މަރުވިފަހުން ހެދި ޓެސްޓްތަކުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު