ޑރ. އަަަފްޒަލްއާއި ބަންރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލްއާއި ބަންރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު ބަލިން ރަނގަަޅުވެއްޖެ އެވެ.

ނެޝަނަލް އިމަރޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން 77 މީހަކު ބަލިންފަސޭހަވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މިއަދު ބަލިން ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 30 މީހުންނާއި އިންޑިއާގެ ހަތަރު މީހަކާއި 10 ދިވެހިންނެވެ. ދެން ހިމެނެނީ ނޭޕާލާއި ސްރީލަންކާގެ މީހެކެވެ.

ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 400 އަށްވުރެ ގިނަ ދިވެހިން ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 800އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ. އެގައުމުގެ 706 މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

ރޭގައި މަރުވި ބަނގްލަދޭޝް މީހާއާއިއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން