15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭގޮތަށް މަގު ހުޅުވާލެވިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް އެންމެހާ ބޭފުޅުންވެސް ސަމާލުވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލާއި ބަހުގެ ހިދުމަތާއި ފިހާރަތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު