ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލު ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.
ޢެގޮތަށް ނިންމީ މިރޭ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ. ޖުމްލަ 56 މެމްބަރުން ވޯޓު ދެއްވިއިރު، މީގެތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ 43 މެމްބަރުންނެވެ. 9 މެމްބަރަކު ނުފެންނަ ކަމަށް ވޯޓުދެއްވިއިރު، ވަކިގޮތަކަށް ނުފެންނަ ކަމަށް ވޯޓުދެއްވީ 4 މެމްބަރުންނެވެ.
މި ބިލު ހުށަހެޅީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމު ކުރެވެންދެން އެ އިންތިޚާބު ފަސްކުރުމަށް މަގުފަހިކޮށް، އެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ، މަޤާމާ ޙަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުން، އެމީހުންގެ މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ.
އެބިލްގެ ބަހުސްގެ މަރުހަލާ މިއަދު މަޖިލީހުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ސަރުކާރުން ހުށައެޅިގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮަޅަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.
ސަރުކާރުން ހުށައެޅިގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވަނީ ހުށައަޅުއްވާފައެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމެޓީއަށް ބިލް ގެންދިއުމަށް ފަހު ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ނަޝީދު ހާމަކުރެެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު