މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު
ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

ގާނޫނުއަސާސީއަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ހުށަހެޅުއްވި އިސްލާހުގެ ބިލް ބަލައިގަތުމާމެދު މަޖިލީހުގައި ނެގި ވޯޓުގައި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަކަަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް 46 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ޠާރިޤު މިފަހަރު ހުށައެޅުއްވި ބިލުގައި ވަނީ ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ފަރާތްތައް އެކޮމިޝަނުގަައި ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން މަޖިލިސް ރައީސް، މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެމްބަރު، ބަންޑާރަ ނާއިބު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރު ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވާލަން ތާރިގް ހުށަހެޅުއްވި ބިލުގައިވެއެވެ.

ޠާރިޤުގެ ބިލުގައި ޖޭއެސްސީ އެކުލެވިގެން ވަނި އުއްތަމަފަނޑިޔާރު،. ހައި ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް، ދަށު ކޯޓްތަކުން އިންތިހާބުކުރާ ފަނޑިޔާރެއް، ވަކީލުން އިންތިހާބުކުރާ ވަކީލެއް، ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންްގެ ތެރެއިން އިންތިހާބުކުރާ ލެކްޗަރާއެއް އަދި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި، މަޖިލީހުން ރުހުންދޭ ތަޖުރިބާ ކާރެއްގެ މައްޗަށެވެ.

ޠާރިޤު ވިދާޅުވީ މިބިލު ހުށައެޅުއްވީ ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންނަށް ބިރު ދައްކާ، ވަކި ގޮތަކަށް ހުކުމް ކުރަމުންދާކަމަށް ގިނަ ރައްޔިތުންތަކެއް ބުނަމުންދާތީއާއި، އެފަދަ މަންޒަރުތައް ފެންނަމުންދާތީ ކަމަށެވެ. އަދި މިއީ އެއްވެސް ވަރަަކަށް ލަސްނުކޮށް މިހާރުން މިހާރަށް ކުރެވެން އޮތް ކަމެއްކަމަށް ޠާރިޤު ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ހުށައެޅި އިސްލާޙު ދެވަނަ ފަހަރަށް މަޖިލީހުން ބޭރުކޮށްލާފައިވާއިރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެކުރިން ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން