ބޭރުގައި ތިބި ދިވެހީންނަށް އެހީ ފޮނުވުމަށް ސަރުކާރުން ދިން ފުރުސަތުގައި ކެއަރ ޕެކޭޖް ފޮނުވަން ގޮސް ތިބި މީހުން
ބޭރުގައި ތިބި ދިވެހީންނަށް އެހީ ފޮނުވުމަށް ސަރުކާރުން ދިން ފުރުސަތުގައި ކެއަރ ޕެކޭޖް ފޮނުވަން ގޮސް ތިބި މީހުން
ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) އިން މިހާތަނަށް 845،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި މި ވަގުތު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެކަމަށް ގާތްގަނޑަކަށް 298،000 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންސްޕާގެ އެހީއާ ނުލާ އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 140 މީހަކަށް ވެސް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން މަބުރޫކް ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ އެންސްޕާއިން 845،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރުގައި ބޭސްކުރަން ގޮސް ތިބި ގިނަ ބަޔަކު މިހާރުވެސް ވަނީ ރާއްޖެ ގެނަސްފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އެފަދަ މީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަހުމަދު މުހައްމަދު

27-May-2020

އެތިކޮޅެއް ކާލީ ދޯ ކޮވިޑޭ ކިޔައިގެން



ޓްރެންޑިން