އެމްއެމްޕީއާރުސީ މައްސަލާގައި އެކަށީގެންވާ ދަޢުވާ ނުއުފުލޭނަމަ ދަޢުލަތް ފޭލިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހްގީގު ކުރުމަށްޓަކައި ބޭރުގެ ފޮރެންސިކް އޮޑިޓަރުންގެ އެހީ ހޯދުމަށް މީގެ ކުރިންވެސް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ފިޔަވަޅު ނޭޅޭނަމަ ދަޢުލަތް ފެއިލްވާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދަޢުވާއުފުލި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ތަޙުޤީޤުގައި ހުރި އުނިކަމެއްގެ ސަބަބުން އެމަނިކުފާނުގެ ޖަލު ޙުކުމް ސުޕްރީމްކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފްގެ މައްޗަށް ހެކި ހޯދުމުގައި ޗެއިން އޮފް ކަސްޓަޑީއާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް މަޙްލޫފްގެ ވަކީލުންވެސް ވަނީ ފާހަގަކުރަށްވާފައެވެ.

ބޭރުގެ ފޮރެންސިކް އެކްސްޕާޓުންގެ އެހީ ހޯދުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު ސުޕްރީމްކޯޓުން އިއްޔެ ބުނެފައިވަނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައިގަތުމުގައި އިސްތިސްނާތަކެއް ހުންނަ ކަމަށެވެ. އެގޮތުން ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެއްކާއި، މުސްތަގިއްލު ތިންވަނަ ފަރާތަކުން ނުވަތަ ތަހުގީގެއްގެ ތެރެއިން ލިބޭ ހެއްކާއި، ޤާނޫނާ އެއްގޮތަށް އަމަލުކުރިނަމަވެސް ފެންމަތިނުވެދާނެ ހެކި ކޯޓަށް ބަލައިގަނެވޭނެ ކަމަށް އެކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ސުޕްރީމްކޯޓުގެ އިއްޔެގެ ޙުކުމާއެކު ބޮޑެތިމައްސަލަތަކުގައި ހެކި ހޯދުމުގައި ފުލުހުންނަށް ލިބިފައިވާ ޖާގަވަނީ ވަރަށްބޮޑަށް ފުޅާވެގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު