ޔޫކްރޭންގެ އިވަނޯ އެއަރޕޯޓަށް ރަޝިޔާގެ މިސައިލެއްއަރައި އަރަމުންދާ ދުން
ޔޫކްރޭންގެ އިވަނޯ އެއަރޕޯޓަށް ރަޝިޔާގެ މިސައިލެއްއަރައި އަރަމުންދާ ދުން
ޔޫކްރޭންގެ އިވަނޯގައި ތިބި ދިވެހި 15 ކިޔަވާކުދިން ހަންގޭރީއަށް ދިއުމަށް ދަތުރު ފަށައިފި ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ދެންމެ ބުނެފައިވަނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް ކަމަށް ކާރީޖީ ވުޒާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.

ޔޫކްރޭންގެ މަސްރަޙު ގޯސްވުމާގުޅިގެން ރެއިން ފެށިގެން ޚާރިޖީ ވުޒާރާއާއި ބަރލިންގައި ހުންނަ ދިވެހި އެމްބަސީން ދަނީ ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުން ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ހަރްކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ މަގުން ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ޔޫކްރޭންގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވެސް ޚާރިޖީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. ޔޫކްރެއިންގައި ތިބި ހުރިހާ ކުރިންވެސް ތިބީ ރައްކާތެރި ކަމާއެކު ކަމަށާއި އެކުދިންގެ އަތުގައި ކާބޯތަކެއްޗާއި ފައިސާ ވެސް އެކަށީގެންވާރަކަށް އެބަހުރިކަމަށްވެސް ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން