ކައުންސިލް ތަކުގެ ދައުރު ދަންމާލުމާ ބެހޭގޮތުން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ސަރުކާރުން މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުޣަފޫރު މޫސާ އެވެ.
މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާއިރު އާ ކައުންސިލަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭތީ ސަރުކާރުން މިހާރު ވަނީ އެކަމަށް ގާނޫނީ ހައްލެއް ހޯދައިދީފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރުމާބެހޭ ގޮތުން ސަރުކާރުން ފާސްކުރި މިގާނޫނަކީ ހަމައެކަނި އިންތިޚާބު ފަސްކޮށް އެއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ބިލެކެވެ. އެހެންކަމުން މިހާރު އިންތިޚާބުކޮށްފައިތިބި، ޖޫން 2 ގައި ދައުރު ހަމަވާ ކައުންސިލަރުންނާއި މެދު ގޮތެއް ނިންމެން އޮތީ ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން ކަމަށް ފެންނާނީ ސަރުކާރުން މިހާރުވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނަސްގެން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށައަޅާފައެވެ.
އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަމެދު ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ޣަފޫރު މިއަދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައެޅުއްވީ މަޖިލީހުގެ ތަޅުމުގައި މި އިސްލާހާއި ބެހޭގޮތުން ބަހުސް ހިނގަމުން ދަނިކޮށެވެ.
ތަފުސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު