ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮހޮޅައިން ނުކުމެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރ ޝިޔާމް ވިދާޅުވީ، މިހާރު ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙް މަޖިލީހަށް ހުށައަޅާފައިވަނީ މާރޗް 30 ވަނަ ދުވަހު ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް މި އިސްލާހް ފާސްކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އިހުމާލު. ނާޤާބިލުކަން. މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮހޮޅައިން ނިކުންނަން އެބަޖެހޭ. ރައްޔިތުންނާ ހަމައަށް އަންނަން އެބަ ޖެހޭ. ރައްޔިތުންނާ ހަމައަށް ފައިބަން އެބަޖެހޭ. ރައްޔިތުން މިއަދު މިތިބީ ޙާލުގަ." މިއަދުގެ ބަހުސްގައި ސަރުކާރަށް ފާޑު ވިދާޅުވެ ޝިޔާމް ވިދާޅުވިއެވެ.
މިއުޅެނީ މިހާރުއޮތް ކައުންސިލްތަކުގެ ދައުރު ދަމާލަން ވެގެން ކަމަށާއި މިކަމާ ގުޅިގެން މަޖިލީހަށް ތިން ބިލެއް ހުށައެޅިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްބިލު ފާސް ކުރިއިރު އެތައް ބައެއްގެ ޙައްޤު ގެއްލިފައިވާ ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިހާރު ފާސްކޮށްފައިވާ ބިލު ވެސް ބަލައި ނުގަންނަ ކަމަށެވެ. ޝިޔާމު ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެސްފިނަމަ އެނބުރި އަނެއްކާ ވެސް ތަބާވާން ޖެހޭނީ ލޯކަލް ކައުންސިލްގެ ޤާނޫނަށް ކަމަށެވެ. އަދި އެ ޙާލަތުގައި ސަންސެޓް ޤާނޫނަކަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ޤައުމުއޮތް ޙާލަތުން ޤައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، މި ޤައުމުގައި އިހުމާލުނެތް އެއްވެސް ތަނެއް ނުފެންނަ ކަމަށެވެ.
"14 މެއިގައި އއ ތޮއްޑޫގައި މާބަނޑު އަންހެނެއްގެ ބަނޑަށް ކުއްޖަކު މަރުވެއްޖެ. 22 މެއިގަ ތުއްތު ކުއްޖަކު އޭޑީކޭގެ އިހުމާލުން މިދުނިޔެ ދޫކޮށް ދިޔައީ. 25 މެއިގެ ށ. ނަރުދޫ އިން މާބަނޑު އަންހެނަކު އޭނާއަށް ސިއްޙީ އެހީތެރިކަން ނުލިބި އެއްރަށުން އަނެއް ރަށަށް ދުވެދުވެ ހުއްޓާ ބަނޑަށް މަރުވެގެން ދިޔައީ." ސިއްހީ ދާއިރާގައި ހުރި އިހުމާލުތައް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުން މާސްކު އަޅައިގެން އައިސް މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، ނަމަވެސް ދަރުބާރުގޭގައި ބޮނޑިބޮޑިއަށް އެއްވެތިބެނީ މާސްކް ނާޅާ ކަމަށެވެ. އެހެން ކަމުން މިއީވެސް އިހުމާލު ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިޙާލަތުގައި ޤާނޫނު އަސާސީއަށް ބަދަލު ގެނެވޭނެ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައިކަން އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.
"އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންނަކަށް ނުފެނޭ. އިބްރާހިމް މުޙައްމަދު ޞާލިޙް ހަދާ އެއްޗެއް ރައްޔިތުންނަކަށް ނޭނގޭ. ރައްޔިތުން ތިބި ހާލަތުން ރައްޔިތުން އަރައި ނުގެނެވިގެން މިއުޅެނީ.. އެމްޑީޕީ މީހުން ދެއްކީ ވައްކަމާއި، ޚިޔާނާތާއި އިންސާފުގެ ވާހަކަ. މިއަދު އެ ސިޔާސަތުތައް ތަންފީޒު ވަމުން ދޭތޯ؟ މިއަދު މިވެރިކަމުން ވައްކަން ނޫން އެއްޗެއް ނުފެނޭ. މީ އެމްޑީޕީގެ ވެރިކަމެއްތޯ؟" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް ޤައުމު ހިންގެވުމަށް މަސައްކަތް ކުރަށްވަނީ އެޗްޕީއޭއާއި ޙަވާލު ކޮށްގެން ކަމަށާއި، ނަމަވެސް އެފުރުސަތު އެގޮތަށް ދެވެން ނޯންނާނެ ކަމަށެވެ. މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ ރައީސް ޞާލިޙްގެ ޒިންމާ ފުރިހަމައަށް އުފުއްލެވުމަށްވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު