ލޮކްޑައުންގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ޗައިނާ ބަޔަކު ޚާއްޞަ ފްލައިޓެއްގައި ފުރުމަށް އެއަރޕޯރޓުގައި؛ އެކި ގައުމުތަކުގައި ތިބި ދިވެހިންވެސް ރާއްޖެ ގަނައުމަށް ދަނީ މަސައްކަތް ކުރަމުން
ލޮކްޑައުންގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ޗައިނާ ބަޔަކު ޚާއްޞަ ފްލައިޓެއްގައި ފުރުމަށް އެއަރޕޯރޓުގައި؛ އެކި ގައުމުތަކުގައި ތިބި ދިވެހިންވެސް ރާއްޖެ ގަނައުމަށް ދަނީ މަސައްކަތް ކުރަމުން
ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުންނާއި، އިނގިރޭސިވިލާތުގައި ތިބި 23 ދިވެއްސަކު، އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމީހުން ދަތުރުކުރުމަށް ހަަމަޖެހިފައި ވަނީ ލަންޑަނުން، ސްރީލަންކަން އެއަރލައިންސްގެ ބޯޓެއްގައި ކަމަށެވެ. މި ފްލައިޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ބެލަރޫސްގައި ތިބި ދަރިވަރުން ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ފްލައިޓްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ފްލައިޓްގައި އަންނަ ދިވެހިން ދަތުރުގެ ޓިކެޓަށް ޚަރަދު ކުރާނީ އެމީހުން އަމިއްލައަށް ކަމަށާއި އެމީހުން ރާއްޖެ އައުމަށް ފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން