މިދިޔަމަހު ޖެންޑަރ މިނިސްޓްރީއަށް ޖުމްލަ 254 މައްސަލައެއް ހުށައަޅާފައިވާއިރުއި އޭގެތެރޭގައި އިހުމާލުވުމުގެ 20 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީން ޢާއްމުކޮށްފައިވާ ފާއިތުވީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވަނީ ޖުމްލަ 254 މައްސަލައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައަކާއި ގެވެށި އަނިޔާގެ 56 މައްސަލައެއް ހިމެނެއެވެ.
ކުޑަކުދިންނަށްކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ފެނުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ހަމައެއާއެކު އިހުމާލުވުމުގެ 20 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށައަޅާފައެވެ.
އޭގެއިތުރުން ޖިސްމާނީ ހާނިއްކައިގެ 14 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާކުރުމުގެ 3 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 195 ކުދިންނެވެ. އެއީ އަންހެން 89 ކުއްޖަކާއި ފިރިހެން 106 ކުއްޖެކެވެ. ޖަނަވަރީ މަހު 6 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު 8 ކުދިން ވަނީ ރީއިންޓަރގްރޭޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު