އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އެމްޑީޕީގެ ތެރެއިން މަސައްކަތްކުރަނީ ރައީސްގެ ބާރުތައް ނިގުޅައިގަތުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު މިމައްސަލަ ހުށަހެޅީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ދިމާކޮށް ރ. ދުވާފަރު އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

އެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރެއިން މަސައްކަތްކުރަނީ ރައީސްގެ ބާރުތައް ނިގުޅައިގަތުމަށްކަމަށެވެ. އަދި ރައީސަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ ދެއްވުމާއި ވަޒީފާއިން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. މިއަދުގެ ކުއްލި މައްސަލަ ޝަރީފް ސިފަކުރެއްވީ ޢުދުވާނީ ހަމަލާއެއްގެ ގޮތުގައެވެ.

"މިއީ ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއްކަމަށް މި ދަންނަވަނީ ކެރިހުރެ ސާބިތުކަމާއެކު.. ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ދޭތެރޭ ހިންގާ ޢުދުވާނީ ޙަމަލާއެއްކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭތީ އެކަމާ ހިތާމަކުރާވާހަކަ ދަންނަވަން." ޝަރީފް މިއަދު ވިދާޅުވިއެވެ.

ވައްޑެ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަކީ ޤާނޫނުއަސާސީގެ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އެހެނިހެން އާންމު ވަޒީފާތަކުގައި ވެސް ތިބި ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ވަކިބަޔަކަށް ވަޒީފާގެ ބިރުދެއްކުމަކީ އެ ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިއަދު ވިދާޅުވީ ވަށައިގެންތިބި ބޭފުޅުން ރައީސަށް އޮޅުވާލެއްވުމަށް ކުރަމުންދާ މަސައްކަތް ހުއްޓަވާލެއްވުމަށާއި އެފުރުސަތުު ނުދެއްވުމަށް ރައީސަށްވެސް ދަންނަވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން