ރައީސް މުުޙައްމަދު ނަޝީދު
ރައީސް މުުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފި އެވެ.

ޢަމިއްލަ ފަރާތަކުން ރައީސް މުހަންމަދު ނަޝީދުގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށައެޅީ،(އެމްއެމްޕީއާރުސީ) ގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި މައްސަލައާއި ގުޅިގެންނެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްސަލާގައި ރައީސް ނަޝީދު ދާދިފަހުން ލިޔުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ އެމްއެެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޔާމީން އެކަނި ޖަލުގައި ބޭންދުމަކީ އިންސާފު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް އިންނަވާ ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު ޖޭއެސްސީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ނަޝީދު އެގޮތަށް ވިދާޅުވުމަކީ ޖުޑިޝަރީ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ކޮމިޝަންގެ މެމްބަރަކު ކުރެއްވުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމަކަށްވާތީ ނަޝީދާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވައިދޭން އެދޭ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަށް އެޑްރެސްކޮށް، ފޮނުވާފަައިވާ އެ ސިޓީގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެކެވެ. އެމަނިކުފާނު އެކޮމިޝަންގައި އިންނާވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު


6

ހާޝިމް

28-May-2020

އެބަ ރަނގަޅުވޭ މިމީހާ އައި ދެކޮޅަށް އެއްވެސް ކަމެއް ނުނިމޭނެ ބިރުދައްކާފަ މިހާރު ހުންނާނެ


21

ހާޝިމް

28-May-2020

އެބަ ރަނގަޅުވޭ މިމީހާ އައި ދެކޮޅަށް އެއްވެސް ކަމެއް ނުނިމޭނެ ބިރުދައްކާފަ މިހާރު ހުންނާނެ



ޓްރެންޑިން