އަހުމަދު ޝާހް   1 މާރިޗު 2022 - 17:12
ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން
ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން
މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިން ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ބުނީ ޔޫކްރެއިންގެ ވެރިރަށް ކިއެވް ކައިރީގައި ދިރިއުޅެމުންދިޔަ ދިވެހި އާއިލާ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް މިހާރު އެތެރެވެފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތަކާއި، އެ ދެމަފިރިންގެ ދެ ކުދިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިން ކަމަށެވެ. އޭގެ ތެރެއިން އެކަކު ނީފްރޯގައި ހުރިއިރު، އަށް މީހުން ތިބީ ޚަރްކީވްގަ އެވެ.

ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚާރިޖީވުޒާރާއިން ވަނީ ބުނެފަ އެވެ. އަދި އެކުދިންގެ ޙާލު ގާތުން ބަލަމުންދާ ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން 15 ކުއްޖަކު ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ ގޮސްފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ހަންގޭރީން ފުރައިގެން ދުބާއީގައި 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެ ދަރިވަރުން މާލެ އައިސްފައިވަނީ އިއްޔެ ހަވީރު 15:10 ހާއިރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން