ގދ ކާޑެއްދޫ އެއާޕޯޓު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
50 އަހަރަށް ވިލާ އެއާރއަށް ކާޑެއްދޫ އެއަރޕޯޓް ދީފައި އޮތް އެއްބަސްވުން ބާތިލުކުރުމަށްފަހު އެއަރޕޯޓް އަތުލީ ރައީސް ޔާމިންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރުމަށް ހުކުމްކޮށްފައެވެ.
ވިލާއަށް އެއާޕޯޓް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް މިހާތަނަށް އެތަން އެކުންފުންޏާއި ހަވާލުކޮށްފައެއް ނުވެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދުއޮތް ރަސްމިއްޔާތެއްގައި ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކުންފުނީގެ ޗެއަރމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެވެ.
ވިލާގެ ޗެއާމަނަކީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ރައީސް ޔާމިން ސަރުކާރުން ގާނޫނާއި ޚިލާފަށް ހިންގަމުން ގެންދިޔަ އަމަލުތަކާއި ދެކޮޅަށް އެމަނިކުފާނު ފާޅުގައި ނުކުމެވަޑައިގެން ހައްގު ބަސް ވިދާޅުވާން ފެއްޓެވުމުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައި ވެއެވެ.
ސުޕްރީމްކޯޓުގެ ހުކުމަށްފަހު، ވިލާ އެއަރއަށް އެއަރޕޯޓް އަލުން ހަވާލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރަމުން އައިސް އެކަމުގައި އެއްބަސްވުންތަކަކަށް އާދެވި މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު އެވެ.

ކިޔުންތެރިންގެ ހިޔާލު