ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަންގެ ވަޓްސްއެޕް އެކައުންޓް ހެކްކޮށްފައިވާކަން މިނިސްޓަރު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެކަން ހާމަކުރެއްވީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިނިސްޓަރުގެ ވަޓްސްއެޕް އެކައުންޓް ވަނީ ހެކް ކޮށްފައި ކަމަށާއި އެ އެކައުންޓުން ދާ މެސެޖުތަކަށް ސަމާލުކަން ނުދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ވަޓްސްއެޕް އެކައުންޓް ރިކަވަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ވަޓްސްއެޕް އެކައުންޓް ހެކްކޮށްފައިވާއިރު ވަޓްސްއެޕްގެ ކޯޑު މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތައް ހެކް ކުރަމުން އަންނަކަން ފުލުހުން، މީގެ ދުވަސްކޮޅެއް ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި އިތުރު ފަރާތަކާ ވަޓްސްއެޕް ކޯޑު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Dear friends,
— Dr Ibrahim Hassan (@DrChubby) May 27, 2020
My whatsapp account has been hacked and therefore, please ignore any messages you may get from that account. I am working to recover the account and will let you know as soon as I have the account back.
Thaņk you.
ކިޔުންތެރިންގެ ހިޔާލު