ޔޫކްރެއިންގައިތިބި ހުރިހާ ދިވެހިން އެގައުމުން ބޭރުވެއްޖެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވީ ޔޫކްރެއިންގައި ތާށިވެފައިތިބި 9 ދިވެހިން، ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހަންގޭރީއަށް އެތެރެވެފައިވާ ކަމަށެވެ. އަދި އެ ދިވެހިން ވަރަށް އަވަހަށް ރާއްޖެއަށް އައުމަށް ދަތުރު ފަށާނެކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
"މި ނާޒުކު ނުރައްކާތެރި ޙާލަތުގައި ދިވެހި ދަރިވަރުން ކެތްތެރިކަމާއެކު އެ ދެއްކެވި ސާބިތުކަމަށްޓަކައި ސާބަސް ދަންނަވަން." ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެފަައިވެއެވެ.
ހަންގޭރީއަށް އެންމެ ފަހުން އެތެރެވެފައިވަނީ ޚަރްކީވްގައި ތިބި 5 ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދިވެހި ދަރިވަރެވެ.
އެދަރިވަރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ.
ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައެވެ. ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.
ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.

الحمدالله
— Abdulla Shahid (@abdulla_shahid) March 2, 2022
The 9 remaining Maldivians in #Ukraine (5 student & a family of 3 in Kharkiv, & 1 in Dnipro) have arrived safely in Hungary. Will be on their way home soon.
Applaud the young students for their incredible resilience & maturity they showed in a crisis of this magnitude
ހަންގޭރީއަށް އެންމެ ފަހުން އެތެރެވެފައިވަނީ ޚަރްކީވްގައި ތިބި 5 ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދިވެހި ދަރިވަރެވެ.
އެދަރިވަރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ.
ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައެވެ. ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.
ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު