އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ މެމްބަރުން ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ރިޔާސަތަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ރޮޒެއިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ ގެ ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އޭނާގެ އަމިއްލަ ވިސްނުމުން ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް މަޖިލީހުގެ ޗެމްބަރަށް އަންނަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި، އަދި ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ މަސައްކަތް "އެހެން ކުރި ނަމަވެސް، މިހެން ކުރި ނަމަވެސް" މި މަސައްކަތް ނުކުރުމަށް ބަހަނާ ދައްކާނެ ޖާގައެއް ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މި ހުންނަ ފިޒިކަލް ބޯޑަރސްގެ އުނދަގޫ އަޅުގަނޑުމެންނަށް ނުޖެހޭނެ ގޮތަށް މަގުފަހިކޮށްދޭން ދުނިޔޭގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކޮށްފައި ވަނީ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ސަރުކާރުން ހުށައަޅާފައިވާ ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ މަސައްކަތް ކޮށް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިލައްވާފައެވެ. އަދި މިކަމަކީ އަވަހަށް ނިންމަންޖެހޭ ކަމެއްކަމަށް ފާހަގަ ކުރަށްވާ ރޮޒައިނާ ވަނީ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ނުގޮސް ވީއެންމެ އަވަހަކަށް މިކަން ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަދި މިވަގުތު ސުޕްރީމްކޯޓުގެ ލަފައަކަށް އެދެންޖެހޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، ޤާނޫނު އަސާސީ އިސްލާހު ކުރުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން