ކޯވިޑް-19 އާއިފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިން
ކޯވިޑް-19 އާއިފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިން
ރާއްޖެއިން އިތުރު 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 1481 އަށް އަރައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުން ފެށިގެން މިރޭގެ ބައްދަލުވުމާއި ދެމެދު ޖުމްލަ 43 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1481 އަށް އަރާފައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅުވެ ޖުމުލަ ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 242 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 5 މީހަކު މިހާތަނަށް މަރުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 1481 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މީގެތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ. އެގައުމުގެ 750 އަށްވުރެ ގިނަ ރައްޔިތުން ވަނީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން