މާލެސިިިިިޓީ ލޮކްޑައުންގައި؛ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ބައެއް އިޤުތިޞާދީ ހަރަކާތްތައް ފަށަން ވަނީ ނިންމާފައި (ރަސް ފޮޓޯ- ޝާހް)
މާލެސިިިިިޓީ ލޮކްޑައުންގައި؛ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދީ ބައެއް އިޤުތިޞާދީ ހަރަކާތްތައް ފަށަން ވަނީ ނިންމާފައި (ރަސް ފޮޓޯ- ޝާހް)
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރޭ އިތުރުކޮށްފިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރޭ އިތުރުކޮށްފައިވާއިރު މިއީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.

ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ޖޫން މަހުގެ 29 ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި ކޯވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށްވެސް މިނިސްޓަރު އަމީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ގާނޫނު ނަމްބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ." މިނިސްޓަރު އަމީން ނެރުއްވި ބަޔާނުގައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19 ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެން މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފައެވެ. އެހެން ނަމަވެސް މިހާރު މިއޮތް ލޮކްޑައުނަށް މާދަމާ އިން ފެށިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ނަސީމް

28-May-2020

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުން ގާނޫނުގަ ލިޔުނީމަ އެކަންވެސް ކުޅޭކުޅޭ ކަމަކަށް ހަދައިފި. ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރީ ރަނގަޅު ސަބަބު ތަކަކާއެކީތޯ ބެލުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭނެ ކަމެއް.



ފަހުގެ ލިޔުންތައް

ޓްރެންޑިން