ދެ ސަފީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިދިޔަމަހުގެ 28 ވަނަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިކަމާ ގުޅިގެން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް ވަނީ އިއްވަވާފައެވެ.
ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރަކަށް ހަމަޖެއްސެވުމަށެވެ. އޭގެ އިތުރުން ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރު ޖަޕާނަށް ކަނޑައެޅުއްވުމަށްވެސް ރައީސް ވަނީ ހުށައަޅުއްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި 57 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ ރައީސް ޞާލިޙް ހުށައެޅުއްވިގޮތަށް ހ. ހިކިފިނިފެންމާގޭ އުމަރު އަބްދުއްރައްޒާގު ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ހަމަޖެއްސެވުމަށް ފެންނަ ކަމަށެވެ.
އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ގ. ފިޔާތޮށިގޭ ހަސަން ސޯބިރަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ.
ސަފީރުންނަށް ބަދަލު ގެންނެވުމަށް ރައީސް ނިންމަވާފައިވާއިރު މިހާރު ޖަޕާނުގައި ހުންނަވާ ސަފީރު އިބްރާހިމް އުވެއިސް އެހެން މަގާމަކަށް ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު