ޑރ. ޝީނާ މޫސާ
ޑރ. ޝީނާ މޫސާ
ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން އަށް ލުއިތަކެއް ދިން ނަމަވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ކުރިން ވެސް އާންމުން ބޯލެނބިގޮތަށް އެގޮތުގައި ދެމިތިބުމަށް ޑރ.ޝީނާ މޫސާ ގޮވާލައްވައިފިއެވެ.

ލޮކްޑައުން އަށް ލުއި ދިނުމާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތާ ހަ ހަފްތާ ވެފައިވާއިރު، ބަލި ފެތުރުމުގެ ރޭޓަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ، ގޭގައި މީހުން ކަރަންޓީނު ކުރަންފެށުމުން އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މިންވަރު ވަރަށް ދަށް ކުރެވިފައިވާ ކަމަށާއި، ލޮކްޑައުން އަށް ލުއިތަކެއް ލިބިގެންދާއިރު ވެސް އެ ގޮތުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ދަށް ކުރެވިފައިވަނީވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލަނބައިގެން ގިނަ ބަޔަކު އެގޮތަށް އަމަލު ކުރުމުން ކަމަށެވެ.

"އާއްމުން ވަރަށް ބޮޑަށް އެޗްޕީއޭގެ އިރުޝާދުތަކަށް ކަމޭހިތައިފި. އެއީ ކަން ނޭނގެ މިވަރަށް އިންފެކްޝަން ރޭޓް ދަށްވި ސަބަބު. ކާމިޔާބުވީ ހުރިހާ ބޭފުޅުންވެސް އެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރެއްވީމާ." ޑރ.ސީނާ މޫސާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ، ދުނިޔޭގެ އެވްރެޖަށްވުރެ ރާއްޖޭގައި، ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ދަށް ކަމަށާއި، އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ދަށް ކަަމަށެވެ. އެއީ ދިވެހިންގެ އާބާދީގެ އިތުރުން ބިދޭސީންގެ އާބާދީއަކީވެސް ޒުވާން އުމުރުގެ އާބާދީއަކަށް ވާތީ ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

މީގެއިތުރުން ޑރ.ޝީނާ ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކުރީ ގިނަ ބަޔަކު އުޅޭ ތަންތަނުގައި ކަމަށެވެ. ވަކިން ހާއްސަކޮށް ބިދޭސީން ދިރިއުޅޭ ތަންތަނަށް އިޝާރަތް ކުރައްވަމުން ޑރ. ޝީނާ ވިދާޅުވީ އެ ތަންތަން މޮނިޓާކޮށް، ހެދި އެންޓި ބޮޑީ ޓެސްޓުތަކުން، ގިނަ މީހުންގެ ގައިން އެންޓި ބޮޑީސް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ ގައިން ކޮވިޑް-19 އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ޝީނާ ވިދާޅުވި އެވެ. މިހާރު މި ބަލީގެ ކޭސް ރިޕޯޓުތަކުން ދައްކާ ގޮތުން ގިނައިން ބަލި ފެންނަނީ ގޭބީސީތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން