އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު މެއި 14 އަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އެމްޑީޕީން މީގެކުރިން ޗެއާޕާސަން އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުހެ 16 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބު ރޯދަމަހާއި ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ކެމްޕޭން މެނޭޖަރ އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ހުށައެޅުއްވީ މެއި 14 ގައި އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް އިމްތިޔާޒުގެ ޓީމުން އިންތިހާބު ފަސްކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އިންތިޚާބު ފަސްކުރުމަށް ޤައުމީ މަޖިލީހުގެ 100 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މިޖަލްސާއަށް ޙާޟިރުވީ 115 މެންބަރުންނެވެ.

މިޖަލްސާގައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ އިންތިޚާބުގައި ޕާޓީގެ ދަފްތަރުގައި ހިމެނޭ ހުރިހާ އަންހެން މެންބަރުންނަށް ވޯޓުލެވޭ ގޮތަށްވެސް ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ޙާޟިރުވި 115 މެންބަރުންގެ އިއްތިފާޤުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން