ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު
ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ލުއިތައް ދެމުންގެންދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ދީގެން މިސްކިތްތައް ހުޅުވާލުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މާލޭ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއްދޭން ސަރުކާރުން ނިންމައި، އެކަން ރޭ ވަނީ އިއުލާންކޮށްފައެވެ.ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިދޭން ސަރުކާރުން ނިއްމާފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން ފިހާރަތައް ހުޅުވައި ކޮންމެ ގެއަކުން ވެސް ތިން މީހުންނަށް ބޭރަށް ދެވޭ ގޮތް ހެދުމާއި ޓެކްސީގެ ހިދުމަތް ފެށުމާއި މަސްމާރުކޭޓް ހުޅުވުން ފަަދަ ކަންކަން ހިމެނެއެވެ.

އެހެން ނަމަވެސް ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި މިސްކިތްތަށް ހުޅުވާނުލާނެ ކަމަށް ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން ރޭ ވަނީ ވިދާޅުވެފައެވެ. ޢެކަމަށް އިޝާރަތް ކުރައްވައި  ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ވެސް ހުޅުވަން ޖެހޭނެ ކަމަށެވެ. 

"ހުރިހާ ކަމަކަށް ލުއިދޭއިރު އެއްވެސް މިސްކިތެއް ބަންދުކޮށްފައި ބެހެއްޓުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން، ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަންދީގެން މިސްކިތް ބޭނުންކުރެވޭ ގޮތަށް މިސްކިތް ހުޅުވާލަދޭން ޖެހޭ." އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ޝަހީމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ 7 ރަށެއް ފިޔަވައި އެހެން ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އެ ހަތް ރަށަކީ ކޮވިޑް ކޭސް އެއް ފެނިފައިވާތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ 7 ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން