ބިންތަކާގުޅޭ މައްސަލަތައް އަނބުރާ ކައުންސިލްތަކަށް ފޮނުވުމަށް ބަންޑާރަނާއިބުގެ އޮފީހުން ނިންމައިފިއެވެ.
ބަންޑާރަނާއިބުގެ އޮފީހުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް އަމިއްލައަށް ތަމްސީލު ނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނައިބު ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ކުރެއްވި ޙުކުމުގެ އެ ބައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާޠިލު ކުރައްވާފައި ކަމަށެވެ.
"ސުޕްރީމް ކޯޓު މި ނިންމެވުމާ ގުޅިގެން ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން މި އޮފީސް ހާޒިރުވާންޖެހޭ ގޮތަށް ހުށަހަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފައެވެ." ބަންޑާރަނާއިބުގެ އޮފީހުން ބުނެފައިވެއެވެ.
ބަންޑާރަނާއިބުގެ އޮފީހުން ބުނީ އެއޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައިގަނޑު ސަބަބަކީ ހައި ކޯޓުގެ އެ ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި އެ ޤާނޫނުގެ މަޤުޞަދާ ޚިލާފު ނިންމެވުމެއް ކަމަށް ދެކޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލެއްގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ކުރާ ދަޢުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ.
ބަންޑާރަނައިބަކީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލުކަމުގައިވާތީ، ބަންޑާރަނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރުމަކީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމާއި ފުށުއަރާ އަދި ބައެއްފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރާފާނެ ކަމެއް ކަމުގައި ސުޕްރީމް ކޯޓުން އިއްޔެ ކުރެއްވި ޙުކުމްގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު