ފުލުހުުންްގެ މައި އިދާރާ (ރަސް ފޮޓޯ- ޝާން)
ފުލުހުުންްގެ މައި އިދާރާ (ރަސް ފޮޓޯ- ޝާން)
އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ހުޅުލެ އައިސޮލޭޝަން ފެސިިލިޓީގައި މަސައްކަތް ކުރާ އަންހެން ނަރުހަކަށް ފިރިހެން ފުލުހަކު ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް މިދިޔަ އާދީއްތަ ދުވަހު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެެވެ.

އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އޮފް ކޮމާންޑުން ބަލަމުން ދާއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި، އެ މައްސަލައިގެ ޖިނާއީ ތަހުގީގުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އއ. ވެލިދޫ ރިސޯޓުގައި ހުރި ދިވެހި އަންހެން ޑޮކްޓަރަކު، އެ ފެސިލިޓީގައި އިސްކޮށް އުޅުއްވާ ސިފައިންގެ ފިރިހެނަކާ އެކަހެރިކޮށް، ބައްދަލުކުރި މައްސަލައެއް ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. އެމައްސަލައިގައި ހިމެނޭ ޑޮކުޓަރު މިހާރު ވަނީ މާލެ ގެނެސްފައެވެ. އެހެންނަމަވެސް ސިފައިންގެ މީހާ އާއި މެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެގިފައެއް ނުވެއެވެ. އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީނު ފެސިލިޓީ ތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

ތިމަންނަ

28-May-2020

މައްސަލަ ޖެހެނީ އެމީހުންގެ ދެ " ހަތިޔާރު" އެއްފަހަރާ ބޭނުން ކުރަން އުޅޭތީ.....



ފަހުގެ ލިޔުންތައް

ޓްރެންޑިން