މާލޭ ރައްޔިތުން ދަތުރުދާނެ ސަރަޙައްދެއް ކ. ތުލުސްދޫ އަދި ކ. ހިންމަފުށީގައި ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލާއި އެ ދެރަށުގެ ކައުންސިލްތަކުން ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި ފަހުމްނާމާގައި މާލެ ސިޓީގެ ރައްޔިތުން ދަތުރުދާނެ ޒަމާނީ ފެންވަރުގެ ސަރަޙައްދެއް ތުލުސްދޫ އަދި ހިންމަފުށީގައި ތަރައްޤީކުރުން ހިމެނެއެވެ. އޭގެ އިތުރުން މި ފަހުމްނާމާގައި ކައުންސިލްތަކުގެ މެދުގައި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި ޘަޤާފީ ކަންކަން ދިރުވުމަށް ވަނީ އެއްބަސްވެފައެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުންމީދަކީ ސިޓީކައުންސިލާއި އެދެރަށުގެ ކައުންސިލްގެ މެދުގައި އޮތްގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެގެން ދިއުން ކަމަށެވެ.

މާލެ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްޤީކުރާ ސަރަޙައްދު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގައި ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާން ކުރުމަށް ޤާއިމްކުރެވުނު ފަހުމްނާމާގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަދި ދެރަށުގެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް ގެ ރައީސުންނެވެ. ތުލުސްދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ. އަދި ހިންމަފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ފާއިޒެވެ.



ކިޔުންތެރިންގެ ހިޔާލު