އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރީ ތަކަށާއި، އާންމު ޚިދުމަތްތައް ދިނުމުގެ ހުއްދަ އަށް އެދި ހުށައަަޅަންޖެހޭނީ މާލެ ސިޓީކައުންސިލަށް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލޭގައިި ވިޔަފާރި ތަކަށާއި އެހެނިހެން ޚިދުމަތްތަކަށް ހުއްދަ އަށް އެދި ހުށައަޅަންޖެހޭނީ މާލެ ސިޓީކައުންސިލުގެ ޕޯޓަލް އަށް ކަމަށާއި، ފުލުހުން ހުއްދަ ދޭނީ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ފުލުހުން ހުއްދަ ދޫކުރާނީ، ސިޓީ ކައުންސިލުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެރިފައި ކުރުމަށްފަހު ކަމަށް ނަވީން ވިދާޅުވިއެވެ.

" ހުއްދަ ދެން ދޫކުރާނީ މާލެ ސިޓީކައުންސިލުގެ ޕޯޓަލް މެދުވެރިކޮށް، އޭގެ މާނައަކީ ވިޔަފާރިތަކާއި އާންމު ޚިދުމަތް ދިނުމަށް ފުލުހުން ހުއްދަ ދޫކުރާނީ މާލެ ސިޓީކައުންސިލުން ޗެކްކުރުމަށްފަހު ފޮނުވާ ހުއްދަތަކަށް އެކަނި." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ އެ ޕޯޓަލް މިރޭ މާލެ ސިޓީކައުންސިލުން އިއުލާންކުރާނެ ކަމަށެވެ.

ކުރިން ދޫކޮށްފައި ހުރި ހުއްދަ ތައް މިހާރު ވެސް ބޭނުންކުރެވޭނެ ކަމަށާއި، ކުރިން ހުއްދަ އަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ހުއްދަ ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ކަރަންޓީނު ކޮށްފައިވާ ތަންތަނާއި މޮނިޓަރިންގެ ހާލަތުގައި ހުންނަ ތަނަކަށް އެއްވެސް ހުއްދަ އެއް ފުލުހުންނަށް ދޫ ނުކުރޭވެނެ ކަމަށެވެ. އޭނާ ވިދާޅުވީ ލޮކްޑައުންއަށް ދޫދޭ ފުރަތަމަފިޔަވަހީގައި އުމުރުން ދުވަސްވީ 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ކަސްރަތު ކުރަން ބޭރަށް ނުކުމެވޭނެ ކަމަށާއި، އެހެން ނަމަވެސް ނުކުމެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށެވެ.

އެއުމުރުގެ ކޮންމެ މީހަކު ހުއްދަ އަށް އެދުނަސް އެ ހުއްދަ ދޫކުރާނެ ކަމަށް ނަވީން ވިދާޅުވިއެވެ. ކަސްރަތު ކުރަން ބޭރަށް ނުކުތުމުގެ ހުއްދަ ލިބުނަސް ގިނަ ބަޔަކު އެއްވެ ވާހަކަ ދައްކަން ތިބޭ ތަންތަނަށް އެފަދަ މީހުން ނުދިޔުމަށް ނަވީން އިލްތިމާސްކުރެއްވިއެވެ.

މާލޭގެ ލޮކްޑައުން އަށް މިއަދުން ފެށިގެން ލުއިތަކެއް ވަނީ ދީފައެވެ. ފުރަތަމަ ފިޔަވަހީގެ ލުއިތައް ކުރިއަށް ދެ ހަފުތާ އަށް ދިގު ދެމިގެންދާއިރު އިތުރު ލުއިތައް ދޭނީ ނަތީޖާ އަށް ބެލުމަށްފަހު ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން